Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން 3 ކަސްޓަމަރަކަށް ޢުމްރާ ދަތުރު

އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށ،ް ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

މިޕްރޮމޯޝަންގެ މަޤްސަދަކީ ރަމަޟާންމަހާއި ގުޅުވައިގެން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއިއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީގެ އެޕަށް އަހުލުވެރިކޮށ،ް އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުން ކަމުގައި އެކުނިން ބުނެއެވެ.

އަދި ބިލްދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ޢާންމުނަށް ބާރުއެޅުމާއ،ި ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއ،ި އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަ ކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުވުން ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރިޗް 1 އިން ފެށިގެން 31 މާރިޗް ގެ ނިޔަލަށެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ކަސްޓަމަރުންނަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އޭގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށް ވުމާއި ޕްރޮމޯޝަންގެ މުއްދަތުގައި އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާފައިވުމާއި، ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލަކަށް ފައިސާ ނުދައްކާ ހުރި ކަސްޓަމަރަކަށް ނުވުން ހިމެނެއެވެ.

މިޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރައްވަން ވާނެކަމަށާއި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިޢުލާނުކުރެވޭނީ އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއ،ާ ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަޞީލަތް ތައް މެދުވެރިކޮށް ކަމަށާއި ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚް ކަސްޓަމަރުންނާއި ފަހުން ހިއްސާކުރެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ލިއުމާއި ގުޅޭ