Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

އެމްޑީޕީ ސަރުކާރު ވެރިންގެ މައްސަލަ އޭސީސީއަށް ހުށަހަޅާނަން: އިހުސާން

ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި އިހުމާލުވެ ގެއްލުންދީފައިވާތީވެ އެމްޑީޕީ ސަރުކާރުގެ އިސްވެރިންނަށް ޖިނާޢީ ތަހުޤީޤެއް ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވެލައްވަމުންނެވެ.

މިނިސްޓަރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ހިމެނޭ އެއް ބައި ކަމަށްވާ ބިދޭސީންނާއި ބެހޭ ސިސްޓަމާއި ބެހޭ ތުހުމަތުތަކަށް މިނިސްޓަރުވަނީ ހެއްކާ އެކު ޖަވާބުދާރީ ވެލައްވާފައެވެ.

އިހުސާނު ވިދާޅުވީ ދައުލަތަށް ފައިދާއެއް ވާން އޮވެ، އޭގައި އެ ނިންމުމެއް ނުނިންމައި ގެއްލުން ކުރުވައިފި ކަމަށް ވެއްޖިއްޔާމުން ގާނޫނުގެ އުގޫބާތުގެ 517 ވަނަ މާއްދާގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާޢީ ތުހުމަތުކުރެވި މައްސަލަ ބަލަންޖެހޭކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކްސަޕަޓް ސިސްޓަމާއި ގުޅޭ މައްސަލައަށް އެއްވެސް ޙައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުންދީފައިވާތީވެ، އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފައި ގޮސްފައި، މިދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރުގެ ތެރޭގައި މި މައްސަލައެއް އެއްވެސް ޙައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުންދީފައިވާތީވެ، 517 މާއްދާގެ އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން، އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން." އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ބިދޭސީންގެ ސިސްޓަމުގެ ތާރީޚަށް އަލި އަޅުއްވާލެއްވިއެވެ. މިގޮތުން މި ސިސްޓަމަކީ މީގެ 12 އަހަރު ކުރިން ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ ސިސްޓަމެއް ކަމަށާއި ރައީސް މުޢިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވީއިރުވެސް މި މަސައްކަތް ކުރިއަށް ދާކަމަށް ފާހަގަކުރެއްވިއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ބެސްޓިނެޓް ކުންފުނިން އިމިގްރޭޝަނަށް ފޮނުވާފައިވާކަމަށާއި އެ ސިޓީގައި އެކުންފުނިން 13.7 މިލިއަން ޑޮލަރު އިންވެސްޓްމެންޓާއި ކޮށްފައިވާ ކަމަށާއި، އެއްބަސްވުމުގައި އޮތްގޮތަށް ކުރިއަށްގެންދިއުމަށް އެ ކުންފުނިން އޭރުގެ އިމިގްރޭޝަނުގައި އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސީޓީއާއި ގުޅިގެން އިމިގްރޭޝަނުން އޭރުގެ އެޓާނީ ޖެނެރަލްއަށް ޤާނޫނީ ލަފާއަކަށް އެދި ސިޓީ ފޮނުވާފައިވާކަމަށާއި އަދި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް މާލީ ބުރައެއް ލިބޭނެކަމަށް ފެންނަ ކަމަށްވެސް ބުނެފައިވާކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރު މެލޭޝިއާގެ ކުންފުންޏާއި ދެމެދު އޮތް އެގްރީމެންޓް ބާތިލުވެގެން ދިޔައީ ދައުލަތުގެ ފަރާތުން ޖަވާބުދާރީ ނުވެވިގެން ކަމަށާއި އެ މައްސަލަ އޭރުގެ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް އޭރުގެ ސަރުކާރުގައި ނިންމާފައިވާކަން ލިޔުންތަކުން އެނގޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ އިތުބާރުނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ދައުލަތަށް 500 އެތައް މިލިއަނެއް ގެއްލުންވާކަމަށް ބުނާ ވާހަކައަކީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށާއި މިސަރުކާރުން މިމައްސަލާގައި ޢަމަލުކުރި ގޮތުގެ ސަބަބުން ކުރިން ލިބެމުން އައި 700 މިލއަނުގެ ޢާމްދަނީ 1.3 ބިލިއަނަށް އަރާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ