Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

އެމް.ޑަބްލިއު.އެސް.ސީ އިން ލޭހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

އެމ.ްޑަބްލިޔ.ުއެސ.ްސީ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޙަރަކާތެއް މިއަދު ހިންގައިފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްއާއި ގުޅިގެން އއެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސަރވިސް އިމާރާތުގައި ހިންގުނު މި ހަރަކާތް ފައްޓަވާދެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލްމަތީނު މުޙައްމަދު އާއި ޗެއާޕާސަން ޝަމްހޫޒު އަހުމަދު އެވެ.

ލޭ ހަދިޔާކުރުމުގެ މިޙަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަވާ ޤައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ޙަރަކާތެއް ކަމަށާއި މިޙަރަކާތުގެ އެންމެ މުހިންމު މަޤްސަދަކ،ީ މޯލްޑިވިއަން ބްލަޑް ސަރވިސް އަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައ،ި ބޭނުންވާ ލޭގެ އެހ،ީ އެމްޑަބްލިއު.އެސ.ްސީ ގެ ފަރާތުން ފޯރުކޮށްދިނުން ކަމުގައި އެކުންފުނިން ބުނެއެވެ.

އަދި މީގެ އިތުރުން ކުންުނީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ ލޭ ހަދިޔާކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި ހަރަކާތުގެ އެއް މަގްސަދުކަމުގައި އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަކީ އިޖުތިމާޢީ ކަންކަމުގައި އަބަދުވެސް އިސްނަގާ ބައެއްކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ