Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިޖީއެމްއެޗް

ބިދޭސީންގެ މާރާމާރީ: އެކަކަށް އައިސީޔޫގައި ފަރުވާދެނީ

މާވެޔޮމަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އިންދްރަ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗް އިން ބުނީ، އަނިޔާވެ އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވުމުގެ ސަބަބުން އޭނާ އަށް ފަރުވާދެމުންގެންދަނީ އައިސީޔޫގައި ކަމަށެވެ. އަދި އަނެއް މީހާވެސް މިވަގުތު ވަނީ އެޑްމިޓް ކުރެވިފައިކަމަށް ވެސް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ބުންޏެވެ. މައުލޫމާތު ލިބުނުގޮތުގައި ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާ ދެނީ ބަންގްލަދޭޝް މީހާއަށެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އައިޖީއެމްއެޗް އިން ހާމަކޮށްފައިނުވެއެވެ.

މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ބިދޭސީން ކެފޭގެ ބަދިގެތެރޭގައި މާރާމާރީ ހިންގާފައިވެއެވެ. އަދި އަނިޔާވެފައިވާ ބިދޭސީ މީހާ ކެފޭގެ ގޮނޑިއެއްގައި އިށީންދެގެން އިންނަ މަންޒަރު ފެންނަ ވީޑިޔޯ އެއްވެސް އާންމުވެފައި ވާއިރު އެ ވީޑިޔޯގައި ފުލުހުން ވެސް ފެނެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ