Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

ފައިނުގެ ފެނާއި ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހުކޮށްދެއްވައިފި

އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ.

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި، ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މި މަޝްރޫޢުގެ ދަށުން، ފައިނު ގައި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓް ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކް އަޅައި، 130 ގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މީގެ އިތުރުން، 490 ޓަނުގެ އެއް ފެން ތާންގީއާއި، 175 ޓަނުގެ ފެން ރައްކާކުރެވޭ 2 ފެން ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އާއި 3 ޕަންޕް ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އާއި ރިޖެކްޓް ލައިންވެސް އަޅައިދީފައިވާ ކަމަށާއި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުން މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުންޏެވެ.

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 01 މާރިޗު 2021 އެވެ. އަދި މި މަސައްކަތް ނިންމައި ކޮމިޝަން ކުރީ 02 މާރިޗު 2024 އެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 64،240،752.74 މިލިއަން ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢުގެ ސަބަބުން ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.

މި ލިއުމާއި ގުޅޭ