Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

ހިޔާ ފްލެޓްތަކަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށްފި

ހިޔާ ފްލެޓްތަކަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް ފެނުގެ ހިދުމަތް އިއާދަކޮށްފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ހިޔާ ޓަވަރު 1 އިން 8 އަށް ފެން ކެނޑުނު މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ކުރިއެކޭ އެއްގޮތަށް މިހާރު ހިދުމަތް ލިބެމުންދާނެ ކަމަށެވެ.

ހިޔާ ޓަވަރު 1 އިން 8 އަށް ފެން ކެނޑުނީ ފެން ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އެ މައްސަލަ ހައްލުކުރުމަށް މަރާމާތުގެ މަސައްކަތެއް އެމްޑަބްލިއުއެސްސީ އިން ކޮށްފައިވެއެވެ.

ހިޔާ ފްލެޓްތަކުގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު އެ ސަރަހައްދުގެ ބައެއް ފްލޯތަކުން ފެނުގެ ހިދުމަތް ކެނޑުނީ މިއަދު ހަވީރު އެވެ.

މި ލިއުމާއި ގުޅޭ