Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަނީ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަމަށާއި އެހެންވެ، މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އަދި މާލެ އަދި ހުލުމާލެ ހިމެނޭހެން، 5000 ޓަނުގެ ފެން އުފައްދާ އިތުރު ދެ ޕްލާންޓް ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި މި ޕްލާންޓާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު 30 އިންސައްތަ އިތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކޮށް މި ސަރަޙައްދަށް ފެނުގެ ރައްކާތެރިކަން އިތުރުކުރުމަކީވެސް ކުންފުނީގެ ޢަމާޒެއްކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު، މާލޭގައި މިވަގުތު ބަހައްޓާފައިވާ ޕްލާންޓްތަކަކީ ދުވާލަކު 20000 ޓަނުގެ ފެން އުފައްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މާލެ ސަރަޙައްދުގައި މިހާރު ދުވާލަކަށް 11000 ޓަނަށްވުރެ ގިނަ އަދަދަކަށް ފެން ބޭނުންވެއެވެ.

މި ލިއުމާއި ގުޅޭ