Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ

މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީއިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ސްޓޮކް އެކްސްޗޭންޖުގައި ވިއްކުމަށް ހުޅުވާލައިފިއެވެ.

އިންވެސްޓްކުރާ ފަރާތްތަކަށް ފަސް އަހަރު ތެރޭ އަހަރަކު %7.5 ގެ އިންޓްރެސްޓުގައި ފައިދާ ލިބޭ ގޮތަށް ހުޅުވާލި މި ފުރުސަތަކީ ދެ ބުރަކަށް ބަހާލައިގެން ހުޅުވާލި ފުރުސަތެކެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފައިވަނީ 200 މިލިއަން ރުފިޔާގެ ބޮންޑެވެ.

އެމްޑަބްލިއުއެސްސީން ބޮންޑް ވިއްކަން ހުޅުވާލާފައިވަނީ ސްޓޮކް އެކްސްޗޭންޖުގެ ވިޔަނި ޕޯޓަލް މެދުވެރިކޮށެވެ.

މާލޭ ސިޓީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި ބޮންޑު ވިއްކުމަށް ހުޅުވާލީ އެކުންފުނީގެ މުހިއްމު އިންވެސްޓްމަންޓްތަކަކަށް ފައިސާ ހޯދުމަށާއި ކުންފުނީގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ފުޅާކުރުމަށް ފައިސާ ހޯދުމަށެވެ.

އެމްޑަބްލިއުއެސްސީ އަކީ ސަރުކާރުގެ %80 އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ %20 ހިއްސާ އޮންނަ ކުންފުންޏެކެވެ.

މި ލިއުމާއި ގުޅޭ