Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

ވޭޕްގައި ޑްރަގް ހުރިތޯ ބެލި ޓެސްޓުން އެނގުނީ އިންސާފުވެރިވާނެ ކަން - އިހްސާން

އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު، ކަސްޓަމުން ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމަންޓުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ކެނަބިސް" އެކުލެވޭކަމަށް ރެޕިޑް ޓެސްޓުން ދެއްކި ކަމަށާއި ފަހުން ފުލުހުން ހެދި ޓެސްޓްތަކުން އެ ވޭޕް އޮއިލްގައި ކެނަބިސް ނެތް ކަމަށް ދެއްކި ނަމަވެސް އެޓެސްޓްތަކުގެ ނަތީޖާއިން ކަށަވަރުވި ކަމަކީ ނިޒާމު ހެދިފައި އޮތީ އިންސާފުވެރިކޮށްކަން ކަމުގައި ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ކަސްޓަމްސް އިން ޝައްކު ކުރެވޭ ޕެކޭޖުތަކާއި އައިޓަމްތަކުގެ ރެޕިޑު ޓެސްޓު ކުރާ ކަމަށެވެ. އެތަކެތި ޕޮޒިޓިވް ވާނަމަ ހިފަހައްޓައި، ތަހުގީގަށް ހަވާލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއުސޫލުގެ މަތިން މި ވޭޕް ޝިޕްމަންޓުގެ ޓެސްޓު ހެދި ކަމަށާއި އެ ޓެސްޓުން ކެނަބިސްއަށް ޕޮޒިޓިވް ކަމަށެވެ. މިނިސްޓަރު ވަނީ ޓެސްޓުގެ ފޮޓޯއެއް ވެސް ޕޯސްޓްގައި ހިއްސާކުރައްވާފައެވެ.

"ނަމަވެސް އާންމު އުސޫލުން މިތަކެތި ތަހުގީގަށް ފުލުހުންނާ ހަވާލުކުރެވި، ލެބޯޓްރީ ޓެސްޓު ހަދާ. އަދި، އެ ޓެސްޓަށް އާންމުކޮށް ދެ ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ. މި ޓެސްޓާއި ރެޕިޑް ޓެސްޓު ނަތީޖާ ދިމާނުވެއްޖެނަމަ، އިތުރަށް ކޮންފާމަޓޮރީ ޓެސްޓުތައް ހަދާނެ" މިނިސްޓަރ އިހުސާންގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ތަހުގީގަށް ނަތީޖާ ބޭނުން ކުރާނީ ކޮންފާމަޓޮރީ ޓެސްޓު ހަދައި، ޝައްކެއް ނެތް މިންވަރަށް ނަތީޖާ ޔަގީން ވުމުންކަމަށާއި މީޑިއާތަކުން މި ޝިޕްމަންޓުގެ ވެރިފަރާތުގެ މައުލޫމާތު ހޯދަން އެދުނު ނަމަވެސް، އެ މައުލޫމާތު ހާމަނުކުރީ ލެބޯޓަރީ ކޮންފަމޭޝަން ނުލިބޭތީ ކަމަށް ވެސް މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން އެ ޝިޕްމަންޓު ހިފެހެއްޓި ވާހަކަ ހިއްސާކުރަން ނިންމީ މި އަހަރު އަދި މިދިޔަ އަހަރު ވެސް މިފަދަ ވޭޕް އޮއިލް ޝިޕްމަންޓެއްގައި ކެނަބިސް ހުރި ކަމަށް ޔަގީން ކުރެވިފައިވާތީއާއި މި ކަމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވީމަކަމަށް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިހުސާން އިތުރަށް ވިދާޅުވީ، ފުލުހުން މިކަން ހާމަކުރެއްވުމުން އެނގިގެންދަނީ މި ޕްރޮސެސްގެ ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންކަންކަމުގަޔާއި ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ