Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

އެމްޑީޕީ ސަރުކާރުން އަހަރެއްތެރޭ 434 ކުށްވެރިން ދޫކުރި، ގިނައީ ޑްރަގު މައްސަލަތަކުގެ މީހުން: މިނިސްޓަރ އިހުސާން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މިދިޔަ އަހަރު އެކަނިވެސް 434 ކުށްވެރިން ދޫކޮށްލިކަމަށާއި އޭގެ ތެރޭގައި ގިނައީ ޑްރަގު މައްސަލަތަކާއި، އެތައް ބަޔަކާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ 52 ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި އިރު ބައެއް ދާއިރާތަކުން ކުރީ ސަރުކާރުން ވަރަށް ގިނަ އިހުމާލުތައް ވެފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިިދޔަ އަހަރު 434 ކުށްވެރިން އެކި ގޮތްގޮތުން، އެކި ނަންނަމުގައި މުޖުތަމައުތެރެއަށް ދޫކޮށްފައިވާކަމަށެވެ. އޭގެތެރެއިން 330 މީހުންނަކީ ޑްރަގުގެ މައްސަލައިގައި ޖަލުތަކުގައި ތިބި މީހުންކަމަށެވެ. އަދި 26 މީހުންނަކީ ވަޔަލަންޓް ކްރައިމްސްގައި ތިބިއިރު 19 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލު ހައްޔަރުގައި ތިބި މީހުންކަމަށެވެ.


އެ ކުށްވެރިންނަކީ ފުލުހުން އެތައް މަސައްކަތެއް ކޮށްގެން ދައުވާކޮށް، ހުކުމަކާ ހަމައަށް ގެނެސް ޖަލު ހުކުމުގައި ތިބި މީހުންކަމަށާއި ނަމަވެސް ކުރީ ސަރުކާރުން އެމީހުން ދޫކޮށްލުމަށް ނަގާފައި ވަނީ ފަޅި ސިކުންތެއްކަމަށެވެ.

އޭގެއިތުރުން މިނިސްޓަރ އިހުސާން ވަނީ މާލޭގެ ޖަލު ތަޅާލުމުން، ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ގިނަކަމަށް ފާހަގަކުރައްވާ ކުރީ ސަރުކާރުގެ އަމަލަށް ވަރަށް ބޮޑަށް ފާޑުވިދާލޅުވެފައެވެ.

މި ލިއުމާއި ގުޅޭ