Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޑރ.ޚަލީލު

ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ކޮންޓްރޯލް ކުރުން: މިނިސްޓަރު ހަލީލް

ސަރުކާރުގެ އަމާޒަކީ rރާއްޖޭގައި ތެލެސީމިއާ ބަލި އެއްކޮށް ކޮންޓްރޯލް ކުރުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތެލެސީމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.
އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް، ތެލަސީމިއާ ބަލިން މުޖުތަމައު ރައްކާތެރިކޮށް، ބަލި ޖެހިފައިވާ ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެކަމަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، އެ ހޮސްޕިޓަލް އެޅުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބޭނުންވާ ބިން ލިބިފައިވާކަން މި އަހަރު ކުރީކޮޅު މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.
އަދި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް ކުދިންވެސް ވަނީ ފޮނުވަން ފަށާފަ އެވެ. ކޮންމެ އަހަރަކުވެސް 10 ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މިހާރުވެސް ވަނީ ފަސް ކުދިން އެ ފަރުވާއަށް އިންޑިއާއަށް ފޮނުވާފަ އެވެ.
އޭގެ އިތުރުން، ތެލެސީމިއާ ބަލި ތަހަމަލްކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތެއް ދިނުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން، އެ އިނާޔަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ލިއުމާއި ގުޅޭ