Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ބިރެއް ނުދައްކާނަން، މައިނޯރިޓީއަށް އިހްތިރާމްކުރާނަން: ސަލީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވީ ނަމަވެސް، ބާރުގެ ބޭނުންކޮށް ބިރުނުދައްކާނެކަމަށާއި މައިނޯރިޓީއަށް އިޙްތިރާމް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެދުކަނޑާލުމަށް ފަހު މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 70 އަށްވުރެ ގިނަ ދާއިރާގެ ގޮނޑި ކާމިޔާބުކޮށް، ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީއަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މެންބަރު ސަލީމް ވިދާޅުވީ އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގައި އޮންނާނެ އެއްޗެއް ނޫންކަމަށާއި އެއީ ހާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ.

އެގޮތުން އެ އާރާއި ބާރު ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި މަޖިލީހުގައި އޮތުމުން ޕީއެންސީގެ މެންބަރުންގެ މަސައްކަތްތަކަށް އެމްޑީޕީގެ މެޖޯރިޓީއިން ހުރަސްއަޅައި ފިއްތުންތަކާއި ވަނީ ކުރިމަތިކުރުވާފައެވެ.

ނަމަވެސް ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯތރިޓީ އެފަދައިން ބިރު ދައްކާ ގެއްލުން ނުދޭނެކަމަށާއި މައިނޯރިޓީއަށް އިހްތިރާމް ކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސުޕަރ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން ނިކަމެތިން ނިކަމެތިވާކަމަށާއި، އެކަމުގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދާކަމަށެވެ.

މީގެއިތުރުން ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ޙާލަތަކަށް ގެނައުމަށްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ