Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ފޮނަދޫ އާބަން ސެންޓަރަކަށް ހަދައި ބޮޑު ހައުސިން މަޝްރޫއެއް ހިންގާނަން: ރައީސް

ލ.ފޮނަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަަރައްގީކޮށް، ހައުސިންގެ ބިޔަ ބޮޑު މަޝްރޫއެއް ހިންގާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

ރައީސް މިހާރު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވިދާޅުވީ، ރިޔާސީ ކެމްޕެއިން ތެރެއިން އެކުލަވާލި ތަރައްގީގެ މާސްޓާޕްލޭނާ އެއްގޮތަށް ފޮނަދޫ ހިމެނޭހެން ހުރިހާ ރަށަކަށް ވެފައިވާ ވައުދުތައް އެގޮތަށް ފުއްދަވާނެ ކަމަށެވެ.
އެގޮތުން، އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ފޮނަދޫ ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފޮނަދޫ ތަރައްގީކުރާނީ އާބަން ސެންޓަރަކުން ލިބޭނެ ހުރިހާ ހިދުމަތްތައް ލިބޭނެ ގޮތަށެވެ. އެގޮތުން އެރަށުގައި ދެ ޔުނިވާސިޓީއެއްގެ ކެމްޕަސްއާއި ލޭންގުއޭޖް ސްކޫލެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެއާއެކު ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއަކާއެކު ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއްވެސް އެެރަށުގައި ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ރީޖަނަލް ފެންވަރުގެ ބަނދަރެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ފޮނަދޫގައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ބޮޑު މަޝްރޫއެއް ހިންގެވުމާއެކު އެ އަތޮޅު ކައްދޫގައި އޮންނަ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެލެވެ.
އެ ވައުދުފުޅާ އެއްގޮތަށް އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ. އަދި ފޮނަދޫގެ އާބާދީ އެއްފަސްކުރުމަކީ ވެސް ތަރައްގީކޮށްގެން ކުރެވޭނެ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން ކައްދޫ އެއާޕޯޓު އިންޓަނޭޝަލް ކުރުމުގެ މަސައްކަތް ކުރުމަށް ޗައިނާ މެޝިނަރީ އިންިޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު އެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިރޭ ވަނީ ސޮއިކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ