Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

'ދިވެހިންގެރާއްޖޭގެ' ކަންކަން ރަނގަޅަށް ގެންދެވޭނީ މަޖިލިސް ލިބިގެން: ރައީސް

މިހާރު މިތިބީ "ދިވެހިންގެރާއްޖޭގައި" ކަމަށާއި ދިވެހިންގެރާއްޖޭގެ ކަންކަން ދިވެހި ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ އަގުލަބިއްޔަތުން "ދިވެހިންގެރާއްޖެ" ގެނައީ ކުރީ ސަރުކާރު ކަމުނުގޮސްގެން ކަމަށާއި، މި ސަރުކާރުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދަވާނެ ކަމަށެވެ.
ނަމަވެސް، ރައްޔިތުންގެ އެދޭގޮތަށް ސަރުކާރަށް ތަރައްގީ ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތާއި އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވި އެވެ.
"އެއީ، ގާނޫނުއަސާސީ ބައްޓަންވެފަ އޮތް ގޮތުން އެކަން އޮންނަ ގޮތް. ގާނޫނުތައް ހަދަނީ ރައްޔިތުންގެ މަޖިލީހުން، ސަރުކާރުން ބިލުތަކެއް ފޮނުވިޔަސް އެ ބިލުތައް ގާނޫނުތަކަށް ހަދައިދީ ފާސްކޮށްދޭނީ މަޖިލިސް މެންބަރުން ބޭނުންވިއްޔާ ބޭނުން ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.
"މިހާރު މިތިބީ ދިވެހީންގެ ރާއްޖޭގަ. ދެން މަޖިލީހުގެ ދައުރު ފުރިހަމަކޮށްދިނުން މިއޮތީ ރައްޔިތުންގެ އަތްޕުޅުގަ. އޭރުން އިރާދަކުރެއްވިއްޔާ ސަރުކާރުން، ރައްޔިތުން އެދޭގޮތަށް ދިވެހީންގެރާއްޖޭގެ ކަންކަން ދިވެހިން އެދޭގޮތަށް ގެންދިއުމުގަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ދައުރު އަދާކުރުމުގެ ފުރުސަތު އެ ދެވެނީ. އެހެންވީމަ އެކަން ކޮށްދިނުމަށް އިލްތިމާސްކުރަން."
ރައީސް ޑރ.މުޙައްމަދު މުޢިއްޒު
މިހާރުވެސް ސަރުކާރުން ގިނަ ދާއިރާތަކެއްގެ ބިލުތައް މަޖިލީހަށް ފޮނުވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރިއަލްއެސްޓޭޓް ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ގެދޮރުވެރިކަމުގެ ދާއިރާ އަދި އިގްތިސާދީ އެކި އެކި ކަހަލަ ބިލުތައް ހިމެނެ އެވެ.
"މިހާރުގެ މަޖިލިސް އެކަން ނުކޮށްދީފިއްޔާ އެކަން މި ދައުރު ނިމޭއިރު ނުކޮށްދީފީއްޔާ ދެން އޮންނާނީ، ދެން އަންނަ މަޖިލީހެއް ހޮވިގެން އެކަން ކުރަންޖެހޭނީ. އެހެންވީމަ މަޖިލީހަށް ހޮވޭ މެންބަރުން އެއީ ސަރުކާރުގެ ތެރެއިން، ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދިނުމުގައި ވަރަށް މުހިންމު އަސާސީ ދައުރެއް އަދާކުރާގޮތަށް ގާނޫނުއަސާސީގައި ހިމަނާފައިވާ ބޭފުޅުންތަކެއް،" ރައީސް ވިދާޅިވި އެވެ.
"އެހެންވީމަ ސަރުކާރުން އަދި ކިތަންމެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ހިންގަން ބޭނުންވިޔަސް އެކަން ކުރުމުގައި ހަމަ ހުރިހާ ގޮތަކުން ހުރަސް އެޅުއްވޭނެ ރައްޔިތުންގެ މަޖިލީހަށް."
ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެފަދަ ގިނަ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރުގެ މެންބަރުން ހޮއްވަވައިދިނުމަށް ރައީސް އެދިލެއްވި އެވެ.
"އެ މާސްޓާޕްލޭން ހަދަން ނިންމާފައި މިއޮތީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން. އެއީ ރައްޔިތުންނަށްޓަކައި ރާއްޖޭގެ ތަރައްގީ ވަކި މިސްރާބަކަށް ރައްޔިތުން އެދޭގޮތަށް ގެންދިއުމުގެ ބޭނުމުގަ. އެ ގާނޫނުވެސް ފާސްކޮށްދޭން އޮތީ މަޖިލީހުން ބޭނުންވެއްޖިއްޔާ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ މިކަހަލަ އެތައް ސަބަބުތަކެއް އެބަހުރި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ އެހެންވީމަ ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުން ރާއްޖޭގެ 93 ދާއިރާއަށް ކުރިމަތިލާފައިވަނީ. މިބޭފުޅުން ހޮއްވެވުމުގައި އެއްބާރުލުން ދެއްވުމަށް އަޅުގަނޑު މި އެދޭ ސަބަބަކީ އެއީ."
މި ލިއުމާއި ގުޅޭ