Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރުން ލާޒިމުކުރަން ބިލެއް ހުށަހަޅައިފި

ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރުން ލާޒިމުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ކޮންމެ ރިޔާސީ ދައުރަކުވެސް ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރުން ލާޒިމުކުރަން މަޖިލީހަށް ބިލް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ދަ ޑިމޮކްރޭޓްސްއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ.

އިވާ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި، އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ އަކުރުތަކަށެވެ.

އީވާ ހުށަހަޅާފައިވާ ބިލުގައި ވާގޮތުން، ކޮންމެ ރިޔާސީ ދައުރަކުވެސް، ސަރުކާރުން ވުޒާރާތައް އުފައްދާތާ 7 ދުވަހުގެ ތެރޭގައި، ވުޒާރާތަކާ ބެހޭ މައުލޫމާތު މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އޭގެ ތެރޭގައި، ވުޒާރާތަކުގެ އަދަދާއި ސަރުކާރުން އުފައްދާ ވުޒާރާތަކުގެ ދާއިރާތައް ހިމަނަން ލާޒިމުކޮށްފައިވެއެވެ. އަދި އެ ވުޒާރާތައް އުފެއްދޭނީ މަޖިލީހުން ފާސްކުރުމުންކަމަށް އީވާ ހުށަހަޅާފައިވާ އިސްލާހުގައި ވެއެވެ.

އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅާ މައުލޫމާތުތަކާ ގުޅޭގޮތުން، މަޖިލީހުން މަޝްވަރާކޮށް ސަރުކާރަށް ހިޔާލު ދެވިދާނެކަމަށް އެ ބިލުގައިވެއެވެ.

މީގެ އިތުރުން، ވުޒާރާތައް އުފައްދާތާ 14 ދުވަހުގެ ތެރޭގައި، ވުޒާރާތަކަށް ހަމަޖައްސާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މައުލޫމާތު މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އެހެންކަމުން، ބިލުގައި ހިމެނިފައިވާ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް ނިންމަންޖެހޭނެކަމަށް އީވާ ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް އަމަލުކުރަން ފަށާނީ، މަޖިލީހުން ތަސްދީގުކޮށް ދިވެހިރާއްޖޭގެ ގެޒެޓުގައި އެކަން ޝާއިއުކުރާ ދުވަހުން ފެށީގެންނެވެ.

މި ލިއުމާއި ގުޅޭ