Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

3 ވަޒީރުން އަލުން އައްޔަންކުރުމުން، އިދިކޮޅުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

3 ވަޒީރުން އަލުން އައްޔަންކުރުމުން، އިދިކޮޅުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ރުހުން ނުދޭން ނިންމާފައިވާ 3 ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރުމުން، އެކަމާ ނުރުހުން ފާޅުކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، އިސްލާމީކަނއްތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަލުން މަގާމަށް އައްޔަންކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އީވާ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، 3 ވަޒީރުން އަނެއްކާ މަގާމަށް އައްޔަންކޮށްފައިވަނީ، ގާނޫނު އަސާސީއާ ހިލާފަށްކަމަށެވެ.

އަދި، ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބޭ އެއްވެސް ވަޒީރަކަށް މަގާމުގައި ނުހުރެވޭނެކަމާއި، ރުހުން ނުލިބުނު ހިސާބުން އެ މީހަކު ހުރި މަގާމުން އެ މީހަކު ވަކިކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ އީވާގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެ މައްސަލައާ ގުޅިގެން، ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، 3 ވަޒީރުންނަށް ވަކި ގޮތެއް ނިމެންދެން އެ ވަޒީރުންނަށް ރުހުންދިނުމަށް އެޖެންޑާ ނުކުރާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަޒީރުންނަށް ރުހުން ނުދޭނެކަމަށް ބުނެ އަޑުއުފުލަމުންދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމަށް މިދިޔަ މަހު 29ގައި ބޭއްވި ޖަލްސާގައި 3 ވަޒީރުން ނޫނީ އެހެން ހުރިހާ ވަޒީރުންނަކަށް ރުހުނުް ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ