Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

ރަނިންމޭޓަކަށްވާން ޝައުގެއް ނެތް، މަޖުބޫރުވާ ހާލަތެއްގައި ނުކުރާނެ ވާހަކައެއް ނޫން: ސިޔާމް

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ނެތް ކަމަށާއި ނަމަވެސް މަޖުބުޜުވެއްޖެ ހާލަތެއްގައި އެކަން ކުރައްވާނެކަމަށް އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސިޔާމް ވިދާޅުވީ ރައީސް އިބްރާހިމްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތްކަމަށާއި އެހެންނަމަވެސް އެކަން މަޖުބޫރުވާ ހާލަތެއްގައި ކުރައްވާނެކަމަށެވެ.

"އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތް. އެހެންނަމަވެސް އެކަން މަޖުބޫރުވާ ހާލަތެއްގައި ނުކުރާނެ ވާހަކައެއް ނޫން މިބުނީ،" ސިޔާމު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން މިވަގުތު އޭނާއަށް ވާދަކުރާނެ ވާދަވެރިއެއް ނެތް ކަމަށެވެ. އަދި އެމްޑީއޭ އަކީ ރައީސް އިބްރާހީމާއެކު ކޯލިޝަންގައި އޮތް ޕާޓީއެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ ރިޔާސީ އިންތިހާބުގައި އޮތް އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. އެގޮތުން އެހެން ޕާޓީތައް އެއްކޮށްލުމުންވެސް އެ ކޯލިޝަންގެ އަދަދާ ހަަމަނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ސިޔާމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެއްބުރުން ރައީސް އިބްރާހިމް ކާމިޔާބު ކުރައްވާނެކަމަށާއި އެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހަމަ އިރާދަކުރެއްވިއްޔާ ﷲގެ ރަހްމަތްފުޅާއި ވާގިފުޅުން އަޅުގަނޑުމެން މިކުރާ މަސައްކަތުން ހަމަ އެއްބުރުން އަޅުގަނޑުމެންގެ ރިޔާސީ ކޯލިޝަންގެ ކެންޑިޑޭޓް ހޮވިގެންދާނެ. އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،" އޭނާ ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ