Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

މެންބަރުން ހުވާކުރާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ސިޔާމް

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ވިހި ވަނަ ދައުރުގެ މެންބަރުން ހުވާކުރާ ޖަލްސާގެ ރިޔާސަތުގައި ބަލަހައްޓަވާނެ ބޭފުޅަކަށް މީދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ހަމަޖައްސައިފިއެވެ.

އާ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ.
މެންބަރުންގެ ހުވާ ކުރުމަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާ ހެނދުނު 10:15 ގައި ބޭއްވުމަށް މިޙާރު ވަނީ ތާވަލުކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އާންމު އިންތިހާބަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކުރަންޖެހޭނެއެވެ.

އެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށާއި މެންބަރުކަމުގައި މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރު ކަމަށެވެ.

ސިޔާމް މިހާތަނަށް ވަނީ މަޖިލީހުގެ ހަތަރު ދައުރު ފުރިހަމަކުރައްވާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު އޭގެ ތެރެއިން 73 މެންބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިހާބުވެފައިވާ މެންބަރުންގެ ތެރެއިން ގިނައީ އަލަށް މަޖިލީހަށް ހޮވިވަޑައިގަތް މެންބަރުންނެވެ.

މި ލިއުމާއި ގުޅޭ