Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

މެންބަރު ސިޔާމްގެ ބައްޕާފުޅު ޤާސިމް އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު މުޙައްމަދު ޤާސިމް އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން، ނ. ކުޑަފަރިއަށް ނިސްބަތްވާ އުމުރުން 81 އަހަރުގެ ޤާސިމް އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އެގޮތުން، ޤާސިމް މާލެ ގެނެވުނީ ރަށުގައި އިންނަވަނިކޮށް އާލާސްކަންފުޅާ ކުރިމަތިވާންފެށުމުންނެވެ. އަދި، ޤާސިމް އަވަހާރަވިއިރު ޤާސިމްއަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.

ޤާސިމްގެ 9 ބޭފުޅުން ތިއްބަވާއިރު، އޭގެން އެންމެ ދޮށީ ދަރިއަކީ ސިޔާމްއެވެ. ޤާސިމްއަކީ، ނ. އަތޮޅުގެ ރައްޔިތުން ނުހަނު އިޚްތިރާމްކުރާ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން، ޤާސިމްވަނީ، ކުޑަފަރީގެ ކަތީބުކަމާއި، ނ. ކުޑަފަރި މަދަރުސާގެ ނާޒިރުކަން ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ