Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

ސިޔާމް މިރޭ މާލެ ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓްނަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މިރޭ އެނބުރި ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ސިޔާމުގެ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ ސިޔާމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ. އަދި އެއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވާނެ ކަމަށް އެމްޑީއޭ އިން ބުނެފައިވެއެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވީ ސިޔާމްގެ ކުންފުންޏާއި ހިލްޓަންއާއި ދެމެދު ވެފައިވާ އެއްބަސްވުމެއް ބާތިލު ކުރި މައްސަލާގައި ހިލްޓަން އިން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅައި، މައްސަލަ ހިލްޓަން ކޮޅަށް ނިމުމުންވެސް، ދައްކަންޖެހޭ ފައިސާ ސިޔާމްގެ ކުންފުނިން ނުދެއްކި މައްސަލާގައި ސިންގަޕޫރުގެ ހައިކޯޓުގައި އޮތް އަޑު އެހުމަކަށެވެ.

ސިންގަޕޫރުގެ ހައިކޯޓުގައި މި މަހުގެ 17 ވަނަ ދުވަހު އޮތް އަޑު އެހުމުގައި ވަނީ ސިޔާމް ކޯޓުގެ ހުރުމަށް ކެނޑިކަމަށް ސާބިތުވެފައެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މައްސަލައިގެ ތެރެއަށްވަދެ، އެ ފައިސާ ސަރުކާރުން ދައްކަދޭން އެއްބަސްވެ، މިހާރު ވަނީ ސިޔާމަށް ރާއްޖެ އެނބުރި އާދެވޭގޮތް ވެފައެވެ.

މި ލިއުމާއި ގުޅޭ