Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަކީ ސަރުކާރުގެ މައި އަމާޒެއް: ރައީސް

ފަތުރުވެރިކަމުގެ އާމްދަނީ ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުމަށް ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ މައި އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިވަގުތު އެމަނިކުފާނު އއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ މައި ދެ ސިނާއަތްކަމުގައިވާ ގެސްޓްހައުސް ވިޔަފާރިއާ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ ސަރުކާރުން އަހައްމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.

ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނޭ އެއް ގޮތަކީ ގެސްޓްހައުސް ވިޔަފާރިކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ސްޓްހައުސް ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ. އަދި އްޑޫގެ ދަނޑުވެރިންނަށް މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތައް އޮޅުންފިލުވައި އެރަށުގައި ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން ހުރި ރޭވުންތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ތޮއްޑޫގެ ކައުންސިލާއި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައި އެ ފަރާތްތަކަށް ދަތިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރަށުގައި ކުރިޔަށްދާ ބައެއް މަޝްރޫއުތައް ވެސް ރައީސް ސޯލިހް ވަނީ ބައްލަވާލައްވާފައެވެ. ދެ ދުވަހަށް އއ. އަތޮޅަށް ރައީސް ސޯލިހު ކުރައްވާ މި ދަތުރުފުޅުގައި ތޮއްޑޫގެ އިތުރުން ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

މި ލިއުމާއި ގުޅޭ