Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މީހުން މަދުވުމުން ލަދުން ސަލާމަތްވާން އިބޫ ދެއްކި ބަހަނާއަކީ މިއުޒިކް ޝޯ އާއި މަސް ދަތުރު

އެމްޑީޕީން މިރޭ ބާއްވާ ޖަލްސާއަށް މީހުން މަދުވީ މިރޭ މިއުޒިކް ޝޯއެއް ބޭއްވުމުންނާއި މަސްދަތުރެއް އޮވެގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ބަހަނާ ދައްކަވައިފިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ އެމަނިކުފާނުގެ ގެކޮޅު ހުންނަނީ ރަސްފަންނުކައިރީގައިކަމަށާއި، މިއަދު އެތަނުގައި ލައިވް މިއުޒިކް ޝޯއެއް ފަށާފައިވާކަމަށެވެ. އަދި ހުޅުމާލޭގައިވެސް ލައިވް މިއުޒިކް ޝޯއެއް މިރޭ ކުރިއަށްދާކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.

ރައީސް އިބޫ ވިދާޅުވީ މި ސަރުކާރުގެ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް ހަވީރު މަހަށް ނައްޓާލާފައިވާކަމަށާއި އެނބުރި އަންނަނީ މިރޭގެ ޖަލްސާ ނިމުނީމައި ކަމަށެވެ.

ރައިސް އިބޫ މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެ ޖަލްސާއަށް މީހުން މަދުވިކަމަށް ގަބޫލުކުރައްވާ މަދުވީ އެމްޑީޕީއަށް އޮތް ތާއިދު ދަށްވެގެން ނޫންކަން ސާބިތު ކުރުމަށެވެ.

ރައީސް އިބޫ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން މިރޭ ބާއްވާ ޖަލްސާއަށް މުޅި ރާއްޖެއިން މީހުން ގެނެސްގެން ވެސް ކާނިވާ ސަރަހައްދު ފުރާނުލެވި އެޕާޓީއަށް ވަނީ ބޮޑު ލަދުވެތިކަމަކާއި ކުރިމަތިވެފައެވެ. ޖަލްސާ ފެށިއިރު ޖަލްސާގައި ތިބީ 750 ވަރަކަށް މީހުންނެވެ.

އެމްޑީޕީގެ ޖަލްސާ ޕްރޮމޯޓް ކުރުމަށް އެޕާޓީން ވަނީ މާލެ އާއި ހުޅުމާލޭގައި އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖަލްސާތަކާއި ސައިކަލް ބުރުތައް ބާއްވާ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ޖަލްސާއަށް އަންނަ މީހުންނަށް ދަތުރު ހަރަދާއި މާލޭގައި ތިބުމުގެ ހަރަދު ވެސް ހަމަޖައްސައިދިން ކަމަށް ޖަލްސާއަށް އައި ބައެއް މީހުން "ދިޔަރެސް" އަށް މައުލޫމާތު ދެމުން ބުންޏެވެ.
ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދުގައި ގިނަ ގޮނޑިތަކެއް ޖަހާފައި ވީނަމަވެސް ޖަލްސާ ފެށުނުއިރު ވެސް ބައެއް ގޮނޑިތައް ހުރީ ހުސްކޮށެވެ.
މި ލިއުމާއި ގުޅޭ