Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިބޫ ވިދާޅުވީ އިބޫގެ ސަރުކާރަށް ފާޑުކިޔައި ހަދާފައި އޮތް ލަވައެއް!

އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ)ގެ ސަރުކާރަށް ފާޅުކިޔައި ހަދާފައިވާ ލަވައެއް މިރޭ އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެއްޖެއެވެ.

ރައީސް އިބޫއަށް ރައްދުވާގޮތައް ހަދާފައި އޮތް ލަވަ ރައީސް އިބޫ ވިދާޅުވީ ކާނިވާ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބޫ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ލިބުނު ހުސްވަގުތުތަކުގެ ތެރޭގައި އެމަނިކުފާނު ކޮންމެސް ވަރަަކަށް ލަވަ އައްސަވާފައިވާކަމަށެވެ.

"އަޅުގަނޑަށް ޒުވާނަކު ކިޔާފައި އޮތް ލަވައެއް ވަރަށް ބޮޑަށް ފާހަގަވި، އެ ރާގުގަ ކިޔޭތޯ ކޮންމެސް ވަރަކަށް ފަރިތަވެސް ކުރިން. އެކަމަކު އަޅުގަނޑަކީ ރާގު ހުންނަ މީހެއް ނޫން، އެހެންވީމާ ޅެން އަޅުގަނޑު ކިޔައިިލާނަން" ރައީސް އިބްރާހިމް ވިދާޅުވިއެވެ.

މިހެން ވިދާޅުވެ އެމަނިކުފާނު ވިދާޅުވި ޅެމަކީ އެމްޑީޕީގެ ސަރުކާރަށް ފާޑު ކިޔައި، ސިމްބޮލިކް ރެކޯޑުގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ކިޔާފައިވާ ލަވައެވެ.

"ވެރިންގެ ވެރިކަން ތިން ބާރޯ

ޖަލު ކުޑަގޮޅި މީ މަގެ އިންފާރޯ

ވެރިއެއް ވިއްޔާ ތިން ކާރޯ

މަށަށް ޖޫރިމަނާ އަދި އިންޒާރޯ

ވެރިންނަށް ރައްޔިތުން ތިން ބާރޯ

ރައްޔިތުންނަށް ވީ ހަމަ ގުދު ބިންދާރޯ"

ރައީސް އިބޫ ވިދާޅުވީ މިއީ ވަރަށް ކަނުލާ އަޑު އަހަން ޖެހޭ ޅެމެއްކަމަށާއި މި ޅެމުގައި މުހިއްމު ކަންތައްތަކެއް ފާހަގަކޮށްފައިވާކަމަށެވެ.

"ވަރަށް ރަނގަޅަށް އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭ ޅެމެއް، މީގައި މިދައްކާ ވާހަކައަކީ ވެރިކަމަށް ވެރިމީހާ ގެނައީ ތިމަންނަމެންނޭ، އެހެން ނަމަވެސް ވެރިން އެ އުޅޭ އުފަލާއި މަޖަލާއި ރައްޔިތުން ތަހައްމަލުކުރާ ދަތި އުނދަޅު މީގައި މި ކިޔައިދެނީ" ރައީސް އިބޫ ވިދާޅުވިއެވެ.

ރައީސް އިބޫ އެ ލަވައިގެ އިތުރު ބައެއް ވިދާޅުވެ، ވިދާޅުވެފައިވަނީ މި ޅެމުގައި ބުނެފައި އެވަނީ އަނިޔާވެރިކަމުގެ ވާހަކަ ކަމަށާއި މިއީ އެތައް ބަޔަކަށް ކުރިމަތިބެފައިވާކަމެއްކަމަށެވެ.

ރައީސް އިބޫގެ ސަރުކާރަށް ރައްދުކޮށް ޕެސްޓް ހެދި ލަވައަކީ އޭނާ ޖަލުގައި ބަންދުކޮށް "ވާނުވާ" ޖެހުމުން ބަންދުގައި އޮތް ހެދި ލަވައެކެވެ. ރައީސް އިބޫ ވެރިކަމަށް ވަޑައިގެންނެވީ ވާނުވާ ބަންދު އުވާލާނެ ކަމުގެ ވައުދު ވެގެންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ އާއިއެކު ވެރިކަން ނިންމާލީ ވާނުވާ ބަންދަށް އެއްވެސް ހައްލެއް ހޯއްދަވައި ނުދެއްވައެވެ.

މި ލިއުމާއި ގުޅޭ