ރައްޔިތުންގެ މަޖިލިސް ޓިކްޓޮކާ ގުޅުމުން މަޖިލިހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޒުވާނުންނަށް އެނގޭނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުންވަނީ ޓިކްޓޮކްގައި ރަސްމީ އެކައުންޓެއް ހުޅުވާފައެވެ. މިހާތަނަށް އެ އެކައުންޓަށް ފޮލޯކޮށްފައިވަނީ 245 މީހުންނެވެ. މަޖިލިހުން ޓިކްޓޮކާ ގުޅިފައިވާއިރު، ޓިކްޓޮކް ބޮޑަށް ފާހަގަވަނީ ޒުވާނުން މަޖަލާއި ސަކަރާތަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައެވެ.
ރައްޔިތުންގެ މަޖިލިހުން ރަސްމީކޮށް ޓިކްޓޮކާ ގުޅުމުން އެކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ވިދާޅުވީ ޓިކްޓޮކުން މަޖިލިސް ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
އަދި މަޖިިލިހުން ޓިކްޓޮކާ ގުޅުމުން އައު އޯޑިއަންސްތަކެއް މަޖިލިހަށް ލިބޭނެ ކަމަށާއި، ޚާއްޞަކޮށް ދިވެހި ޒުވާނުންނާ ހަމައަށް މަޖިލިހަށް ވާސިލުވެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ޓިކްޓޮކްގެ ޒަރީޔާއިން މަޖިލިހުން ކުރާ މަސައްކަތް ޒުވާނުންނަށް އެނގިގެންދާނެ ކަމަށެވެ.