Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ޝައްމާން ވަހީދު

ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ކެންސަލް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި މިއަދު ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

އޭނާ އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ. އެއަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝާރީއަތް ނިމެންދެން ޝަމްއަން ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

އޭނާ 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޝަމްއާންގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު, އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އަޑުއެހުން މިއަދު މެންދުރު ފަހު 13:00 އަށް ތާވަލް ކުރުމަށް މައްސަލަ ބަލާ ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވާ އަޑުއެހުމެއް ހަމަ އެ ގަޑިއަށް ތާވަލު ކޮށްފައި އޮތުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އިއްޔެ ކުރިޔަށް ދިޔަ އަޑުއެހުމުގައި ޝަމްއާންގެ ގާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ޝަމްއާން އާއިމެދު އަމަލު ކުރަނީ މީގެ ކުރިން އެއްވެސް މީހަކާއިމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޝަމްއާންގެ މައްޗަށް ކުރަނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް ކަމަށާއި މި ވަގުތު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއްގެ ތަފްޞީލު ޝަމްއާންގެ ފަރާތުން ހުށަހަޅާފައި ވާއިރު އެއިން އެއްވެސް މައްސަލައެއްގައި ހިމެނޭ އެއްވެސް ބޭފުޅަކު ހައްޔަރުކޮށްފައި ނެތް ކަމަށެވެ.

އަދި މުޖުތަމަޢުގެ ސަލާމަތަށް އެ ކުށްތަކުގެ ކިބައިން ނުރައްކާތެރި ނުވާކަމަށް ބަލައިގެން ތަޙުޤީޤީ އިދާރާތަކުން މިއަދާ ހަމައަށް ޢަމަލުކުރަމުން އައިސްފައި ހުރި ނަމަވެސް ޝަމްއާން އާއި މެދު ތަފާތު ކުރުން ގެންގުޅުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި އޮތް ތަފާތުނުކުރުމުގެ ޙައްޤާއި، 20 ވަނަ މާއްދާގައި އޮތް ހަމަހަމަ ކަމުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ޝަމްއާންގެ ވަކީލް ވިދާޅުވިއެވެ.

ޝަމްއާންގެ ހައްޔަރު ކުރި އިޖުރާއަތު ކުރިއަށް ގެންގޮސްފައިވަނީ އަދި ބަންދުން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީވެސް ކޮރަޕްޝަންގެ ކުށްތަކެއްގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެއްވެސް ބައިވެރިވުމެއްނެތި ކަމަށް ވާތީ މި އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ތަޙުޤީޤީ ދެ އިދާރާއެއްގެ އިޚްތިޞާޞް ހިނގާ މައްސަލަތަކުގައި ޚާއްޞަ އިޚްތިޞާޞް އޮތް އިދާރާއަށް އެ މައްސަލައެއް ތަޙުޤީޤުކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަން ޖެހޭނީ އޭސީސީ އާއި ގުޅިގެން ކަމަށް ޝަމްއާންގެ ވަކީލް ވިދާޅުވުމުން ދައުލަތުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެގޮތައް އޮތް ނަމަވެސް ތަހްގީގު ފަށާއިރު ފުލުހުން އެހެން މުއައްސަސާއެއް ބައިވެރި ކޮށްގެން ތަހްގީގު ކުރިއަށް ގެންދިއުން މަޖުބޫރު ނޫން ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތައް މީގެ ކުރިން ބަންދު ނުކުރާކަމަށް ޝަމްއާންގެ ފަރާތުން ވިދާޅުވި ވިދާޅުވުމަށް ދައުލަތުގެ ވަކީލުން ދެކޮޅެއް ނުހައްދަވައެވެ.

މި ލިއުމާއި ގުޅޭ