Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މަޢުލޫމާތުދެއްވާ ގޮތުގައި އައްޑޫ އިންޓަނނޭޝަނަލް އެއާޕޯޓުން މި މަހުގެ 19 ވަނަ ދުވަހު އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިގިރޭޓް އެ ސަރވިސްއިން ވަނީ އަތުލައިގަނެފައެވެ.

މިގޮތުން ކަސްޓަމްސްއިން ޢާއްމުކުރި މަޢުލޫމާތުގައި ބުނެފައިވާގޮތުން 130،155 ވަކި ސިގިރޭޓް ކަސްޓަމުން ވަނީ އަތުލައިގަނެފައެވެ. މިއީ 650 ކާޓަން ސިގިރޭޓެވެ. މި ސިގިރޭޓްތަކުގެ ބާޒާރުގެ އަގު 1.3 މިލިއަނަށް އަރާނެއެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތެއް މޯލްޑިސް ޕޮލިސް ސަރވިސް އަދި ކަސްޓަމްސް އިންވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ފަހަކަށް އައިސް ސިގިރޭޓް އަދި އެހެނިހެން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތުން ވަނީ ގިނަވެފައެވެ. މިގޮތުން ދާދިފަހުން ވެސް ޑިއުޓީ ފްރީ އިން ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ސިގިރޭޓްތަކެއް ވަނީ ހިފަހައްޓާފައެވެ.

މި ލިއުމާއި ގުޅޭ