Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް

މިދިޔަ މާޗު މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާޗު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ޖުމްލަ ލިބިފައިވަނީ ޖުމްލަ 350 މިލިއަން ރުފިޔާއެވެ. މިއީ އޭގެކުރީ މަހު ލިބުނު އަދަދާ އަޅާބަލާއިރު 13 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ފެބްރުއަރީ މަހު ކަސްޓަމްސް އިން އެންމެ ގިނައިން އިމްޕޯޓުކޮށްފައިވާ ބާވަތްތަކަށް ބަލާއިރު, އޫރުމަހާއި ބަނގުރާ އަދި ދުންފަތުގެ ބާވަތްތައް ނުހިމަނައި 1 ބިލިއަނަށް ރުފިޔާގެ ކާބޯތަކެތި އިމްޕޯޓުކޮށްފައިވެއެވެ.

އަދި 867 މިލިއަން ރުފިޔާގެ ޑީސެލް, ޕެޓްރޯލް އަދި އޭވިއޭޝަން ތެޔޮ އިމްޕޯޓު ކޮށްފައިވެއެވެ. މީގެއިތުރުން, 729 މިލިއަން ރުފިޔާގެ މެޝިނަރީ އަދި މެކޭނިކަލް އާލާތްތައް އިމްޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި ބާވަތްތަކަށް ބަލާއިރު, 115 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަހާއި, 46 މިލިއަން ރުފިޔާގެ ބަންދުކުރި ކަޅުބިލަމަސް ހިމެނެއެވެ. އަދި 13 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޔާއި ހަތް މިލިއަން ރުފިޔާގެ ފްލޯސް މީލްސް އެންޑް ޕެލެޓްސް އޮފް ފިޝްގެ އިތުރުން ހަތަރު މިލިއަން ރުފިޔާގެ ޗިލްޑް ރީނދޫ އުރަހަ ކަންނެލިވެސް ބޭރުކޮށްފައިވެއެވެ.
  • ފެބްރުއަރީގައި ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކުރި ގައުމުތައް
  • - ޔޫއޭއީން 1.3 ބިލިއަން ރުފިޔާގެ މުދާ (%30)
  • - އިންޑިއާއިން 713 މިލިއަން ރުފިޔާގެ މުދާ (%16)
  • - ޗައިނާއިން 514 މިލިއަން ރުފިޔާގެ މުދާ (%12)
  • - ސިންގަޕޫރުން 356 މިލިއަން ރުފިޔާގެ މުދާ (%8)
  • - ލަންކާއިން 249 މިލިއަން ރުފިޔާގެ މުދާ (%6)
  • ފެބްރުއަރީގައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމުތައް
  • - ތައިލެންޑަށް 118 މިލިއަން ރުފިޔާގެ މުދާ (%58)
  • - ގްރޭޓް ބްރިޓަނަށް 42 މިލިއަން ރުފިޔާގެ މުދާ (%21)
  • - ވިއެޓްނާމަށް 8 މިލިއަން ރުފިޔާގެ މުދާ (%4)
  • - ބަންގްލަދޭޝަށް 7 މިލިއަން ރުފިޔާގެ މުދާ (%4)
  • - ޖާމަނީ 5 މިލިއަން ރުފިޔާގެ މުދާ (%2)
މި ލިއުމާއި ގުޅޭ