Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ކަސްޓަމުން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ދަޅު ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ދަޅު އެ އިދާރާއިން ނައްތާލައިފިއެވެ.

ކަސްޓަމްއިން ހާމަކުރިގޮތުގައި މިއީ ގަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން ހިފަހައްޓާފައިވާތަކެއްޗެވެ.

އަދި މިއީ މި މަހުގެ ދެވަނަ ދުވަހު ނައްތާލި ތަކެތިކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ހާމަކުރި މައުލޫމާތުން އެނގޭގުތުގައި އެ ދުވަހު ތިން ބާވަތެއްގެ ތަކެތި ނައްތާލާފައިވެއެވެ. އެއީ ބިޔަރު ފުޅި އާއި ބިޔަރު ދަޅު އަދި ބިޔަރު ލޭބަލް ހިމެނޭ ތައްޓެވެ.

ކަސްޓަމްސްއިން ނައްތާލި ތަކެތި:

  • ބިޔަރު ފުޅި: 2040
  • ބިޔަރު ދަޅު: 10،418
  • ބިޔަރު ލޭބަލް ހިމެނޭ ތަށި: 510
މި ލިއުމާއި ގުޅޭ