Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ޒަކާތަކީ މުދާވެރިން ފޯރުކޮށްދޭ އިޙުސާންތެރިކަމެއް ނޫން، އެއީ ބައެއްގެ ހައްގެއް: ޚުތުބާ

ޒަކާތަކީ މުދާވެރިން ފޯރުކޮށްދޭ ފަރުދީ އިޙުސާންތެރިކަމެއް ނޫންކަމަށާއި އެއީ، މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްޤުވެރީންނަށް އަދާކުރާންޖެހޭ ޙައްޤެއްކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ފަރުޟު ޒަކާތާއި އިޤްތިޞާދާ ހުރި ގުޅުން" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއްކަމަށާއި އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނޭ ޙާލަތެއްނޫންކަމަށެވެ.

އަދި މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއްނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެކަމަށާއި ކޮންމެ ކޮންމެ މީހަކު މި ފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނެފައިވާގޮތުން އިސްލާމް ދީނުގައި ޝަރުޢުކުރައްވައިފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ. އަދި ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރީންނަށް އަދާކޮށްދިނުމަށް ޓަކައިކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމް ދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވައިފައިވާކަމަށާއި އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅީން ޚިލާފު ނަޒަރިއްޔާއެއްކަމަށެވެ.

"މި ނަޒަރިއްޔާގައި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ ﷲ سبحانه وتعالىއެވެ. އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެންހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރާންވާނީ އެ މުދާ ދެއްވި ފާރަތްކަމުގައިވާ ﷲ سبحانه وتعالى އެދިވޮޑިގަންނަވާ ގޮތަށެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބަގައި ބުނެފައިވަނީ ޒަކާތުގެ ޝަރުޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެންކަމަށެވެ.

އަދި ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙުސާންތެރިކަމެއް ނޫންކަމަށާއި އެއީ، މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްޤުވެރީންނަށް އަދާކުރާންޖެހޭ ޙައްޤެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طَاهِرُ ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صَدَقَاتއެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!"

މީގެއިތުރުން މުއްސަނދީންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަދި މުދަލު ޒަކާތްދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ބުނެފައިވާގޮތުން ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރު ޒަކާތްދެއްކުމުން ފުދުނީއެވެ. އަދި އަނެއް ބަޔަކު ދެކޭ ގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިޔަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

މި ލިއުމާއި ގުޅޭ