އެންމެ ބޮޑަށް ތަޤްވާވެރިވާ މީހުންނަކީ ޢިލްމު އުނގެނި އެއާ އެއްގޮތަށް ޢަމަލުކުރާ މީހުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ޢިލްމު އުނގެނުމުގެ މާތްކަން" މިއެވެ.
"މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އެ މީހުން މާތްﷲ އަށް ތަޤްވާވެރިވެއެވެ." ޙުކުތުބާގައި ބުނެފައިވެއެވެ.
އެ ބަސްފުޅުގެ މާނާގައިވަނީ:
"ހަމަކަށަވަރުން، اللهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
"ދީނީ ޢިލްމު އުނގެނުން، ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެން ވެއެވެ. ޢިލްމު އުނގެނުމަށް، މާތް الله ގެ ރަސޫލާ ﷺ އެހައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ އެހެންވެއެވެ. އަދި އެ ކަމަށް އެދި ދުޢާކުރުމަށް ވެސް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.