Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ހުޅުމާލޭ ކައިރިން ކަނޑުމަތީ ކުރިއަށް ގެންދާ ސިފައިންގެ ތަމްރީނަށް ސަމާލުވާން އެދިއްޖެ

ހުޅުމާލޭ ކައިރިން ކަނޑުމަތީގައި ސިފައިންގެ ތަމްރީނެއް ހަތިޔާރާއިއެކު ކުރިއަށް ގެންދާތީ އެކަމަށް ސަމާލުވާން ޑިފެންސް މިނިސްޓްރީން އެދިއްޖެއެވެ.

މިތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިފައިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް އޭޕްރީލް 20 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރަށް ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

ހަތިޔާރާއިއެކު ސިފައިން ތަމްރީނެއް ކުރިއަށް ގެންދިޔަ ނަމަވެސް ހުޅުމާލެ ކައިރިން ދަތުރު ކުރުން މަނާ ކުރުން ފަދަ އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވެއެވެ.

މިއީ އޭޕްރީލް މަހު މާލޭ ސަރަހައްދުގައި ސިފައިން ކުރިއަށް ގެންދާ ދެވަނަ ތަމްރީނެވެ. މިމަހު 13 އިން 17 އަށް ވެސް މާލެ، ވިލިމާލެ، ހުޅުމާލެ ފޭސް1، ފޭސް2، ފޭސް3 އަދި ފަރުކޮޅުފުށީގައި ސިފައިން ހަތިޔާރާއިއެކު ތަމްރީންތަކެއް ކުރިއަށް ގެންދިޔައެވެ.

މި ލިއުމާއި ގުޅޭ