Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

މިދިޔަ ހަފްތާ ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން

މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއީ އޭގެ ކުރީ ހަފްތާއާ އާޅާބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާއިރު އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވަނީ 47،390 ފަތުރުވެރިންނެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 667,730 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.8 އިންސައްތަ އިތުރު އަދަދެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި 555,543 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 630,867 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

މިވަގުތު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން ފަސް ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 76,674 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 11.5 އިންސައްތައެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސި ވިލާތުން 70,561 ފަތުރުވެރިން އައިސްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން މިހާތަނަށް 70,538 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,193 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 180 ރިސޯޓާއި 842 ގެސްޓްހައުސްގެ އިތުރުން 156 ސަފާރީ އާއި 15 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 63,817 އެނދު އޮޕަރޭޓްކުރެއެވެ.

މި ލިއުމާއި ގުޅޭ