Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

ރަސްދޫގައި ފިހުނު ފިރިހެން މީހާގެ ހާލު އަދިވެސް ސީރިއަސް

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، ފިރިހެން މީހާގެ ހާލު އަދިވެސް ސީރިއަސްކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.
މި ހާދިސާގައި ބޮޑަށް ފިހި، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ފިރިހެން މީހާ މިވަގުތު އޮތީ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ. އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށާއި، ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގީ މިދިޔަ މާރޗް 25 ވަނަ ދުވަހުގެ ރޭ ރަސްދޫގެ ގެއެއްގައި އެޕާޓްމަންޓް ގޮތަށް ވަކިކޮށް ހަދާފައި ހުންނަ ކޮޓަރިއެއްގައެވެ. ހާދިސާގައި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ 78 އިންސައްތަ ވަނީ ފިހިފައެވެ. އަންހެން މީހާ ނިޔާވީ މާރޗް 31 ވަނަ ދުވަހުއެވެ.
މި ދެމަފިރިންގެ ފަސް އަހަރުގެ ކުޑަ ދަރިއަކު ހުރިކަން ވެސް ފާހަގަކުރެވެއެވެ. އަލިފާނުގެ ހާދިސާ ހިނގީ ނިދާ ކޮޓަރީގައި ކަމަށްވީ ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަމުންދާ ކަމަށް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
މި ލިއުމާއި ގުޅޭ