Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެ

އއ.ހިމަންދޫގެ ފަޅު ތެރޭގައި އޮތް 'ކައެލް ވިންގް' ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެ، އަނދާ ހުލިވެއްޖެއެވެ.

މިއަދު ހެނދު މާލެއަށް ފުރަން ތައްޔާރުވެފައި އޮތް ލޯންޗްގައި ރޭ ފަތިހު ރޯވިއިރު ލޯންޗްގައި އެއްވެސް މީހަކު ނެތް ކަމަށް ވެއެވެ.

ރޯވި ލޯންޗަކީ ފެރިދޫ، މާޅޮސް އަދި ހިމަންދޫ އާއި މާލެ އާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލޯންޗް ވަނީ އެއްކޮށް އަނދާފައެވެ. އެހެންވެ އަލިފާން ނިއްވުމަށް ވެސް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

ލޯންޗުގައި ރޯވާން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ