Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

އައްޑޫއިން ޓޫރިޒަމަށް ބިން ކުއްޔަށް ނެގުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ކަނޑައަޅާފައިވާ ފަތުރުވެރިކަމަށް ހާއްސަ ޒޯންތަކުން ކުށްޔަށް ދޫކުރުމަށް ހުޅުވާލި ބިންތަކަށް އެދި ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އެކި ރަށްރަށުން 40 ބިން ދޫކުރުމަށް ހުޅުވާލާފަ އެވެ. މީގެ ތެރޭގައި ހިތަދޫ ޓޫރިޒަމް ޒޯނުކަމަށް ކަނޑައަޅާފައިވާ ސަރަހައްދުން 13 ބިމަކާއި، ފޭދޫއިން ތިން ބިމެއް، ހުޅުދޫއިން 15 ބިން އަދި މީދޫއިން ދޫކުރާ ނުވަ ބިން ހިމެނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި، އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރުމަށް ހުޅުވާލައި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިމަހުގެ ހައެއް އަދި ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިއްޔެ ކުރި އިއުލާނެއްގައި ސިޓީ ކައުންސިލުން ވަނީ ބީލަން ހުށަަހަޅާ މުއްދަތަކީ މިމަހުގެ 15 ކަމުގައި ކަނޑައަޅާފަ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކުރުމަށް އައްޑޫ ސިޓީން ދޫކުރާ ބިންތަކުގެ ތެރޭގައި ގެސްޓު ހައުސް އެޅުމަށް ދޫކުރާ 2000 އަކަފޫޓާއި އާއި 5000 އަކަފޫޓާ ދެމެދުގެ 32 ބިމަކާއި، ސިޓީ ހޮޓެލް ތަރައްގީކުރުމަށް ދޫކުރާ 7000 އަކަފޫޓުގެ އެއް ބިމާއި 10،000 އަކަފޫޓުގެ ހަތް ބިން ހިމެނެ އެވެ.

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ކެމްޕޭން ދަތުރުފުޅުގައި އެ ސިޓީއަށް ވަޑައިގެން، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި 6000 ޓޫރިސްޓު އެނދު އެ ސިޓީގައި ގާއިމްކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައި ވެއެވެ.

މި ލިއުމާއި ގުޅޭ