Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

ޗައިނާ ފަތުރުވެރިންގެ އަދަދު %10 އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %10 އިތުރުވެއްޖެއެވެ.

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %10.7 ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 63,919 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ ޖުމްލަ 593،956 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 570،898 ފަތުރުވެރިންނާ އަޅާ ބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %11 ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ. އެގޮތުން، މިދިޔަ މާޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 70،797 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނު އިރު ޗައިނާ އަކީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ޗައިނާ މާކެޓު އޮތީ އެއްވަނައިގައެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 263،042 ފަތުރުވެރިން އައިސްފައިވެއެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,137 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 796 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 61,027 އެނދު އޮޕަރޭޓްކުރެއެވެ.
މި ލިއުމާއި ގުޅޭ