ހއ.ކެލާ އަދި ކ.ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ކެލާ ފަޅުން ހިއްކަން ހަމަޖެހިފައިވާ 12.1 ހެކްޓަރުގެ ބިމާއި، ކާށިދޫ ފަޅުން ހިއްކާ 10 ހެކްޓަރުގެ ބިމުގައި ރިސޯޓު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހާއި އަންނަ މޭ މަހުގެ ހަވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ފަސްވަނަ ވަނަ ދުވަހެވެ.
ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ނިންމައި، އެކަމުގެ ދިރާސާތައް ފަށާފައި ވަނީ އެމްޑީޕީ ސަރުކާރުގަ އެވެ. ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.