Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިތުރު އީދު

މިއަދާއި މާދަމާވެސް ޖުމްހޫރީ މައިދާނުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ

މިއަދާއި މާދަމާވެސް ފިތުރު އީދާ ގުޅިގެން ހަރކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ "އީދު ހަވީރު 1446"ގެ ހަރާކާތްތައް މިއަދު އަދި މާދަމާ ހަވީރު 16:00 އިން 18:00 އަށް ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒުގެ މާބްލް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއަހަރުގެ ފިތުރު އީދާ ގުޅިގެން މާލޭ ޖުމްހޫރީ މައިދާނުގައި އިއްޔެ ހަވީރު ބޭއްވި ހަރާތުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ އެކި ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފިތުރު އީދު ފާހަގަކުރުމަށް ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތްތަކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވެއެވެ. ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސްފައިވާއިރު، މި މަންޒަރުތައް ބަލާލުމަށް ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ. އެޗްޑީސީން އިންތިޒާމް ކުރި ޑްރޯން ޝޯވް މިއީ، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި ދެވަނަ ޑްރޯން ޝޯވ އެވެ.

މި ލިއުމާއި ގުޅޭ