Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް އެހީވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ނިމުނު ފިތުރު އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް އެހީތެރިވި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ޝުކުރު އަދާކުރައްވައި އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތު ކުލަ ގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުކޮށް ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ހަތަރު މިނިސްޓްރީއަކާއި ފުލުހުންނާއި ސިފައިންގެ އިތުރުން ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްގެ ނަން ހިމަނާފައިވެއެވެ.

މި ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެ އީދަށް ދިއްލުމާއި އީދު ހަވީރާއި ހަވާ އެރުވުންފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.

ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް އަހަރަކަށް ވުރެ އަހަރެއް ކުލަގަދަކޮށް ފާހަގަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި ލިއުމާއި ގުޅޭ