Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

ކުޑަގިރިއަށް އެމްޓީސީސީ ފެރީގެ ޚިދުމަތް ފަށަނީ

މިއަދުން ފެށިގެން އެމްޓީސީސީ ފެރީގެ ޚިދުމަތް ކުޑަގިރި ޕިކްނިކް އައިލެންޑަށް ތައާރަފުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ކުޑަގިރި ޕިކްނިކް އައިލެންޑަށް އޮންނަ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނިން ކުޑަގިރިއަށް ފެރީގެ ޚިދުމަތް ދިނުމަށް ނިންމާފަވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މިއަދު މި ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވާއިރު މިއަދަކީ ފިތުރު އީދުދުވަސް ކަމަށް ވުމުން މިއަދަށް ޚާއްސަ ދަތުރުތަކެއް އޮންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނިގޮތުގައި ފިތުރު އީދާއި ވިދިގެން އަންނަ ބަންދު ދުވަސްތަކުގައި ދަތުރުކުރުމަށް ނިންމާފައި ވަނީ ހަފުތާ ބަންދުގައި ދަތުރުކުރުމަށް ނިންމާފައިވާ ގޮތަށެވެ.

އެގޮތުން މާލެއިން ކުޑަގިރިއަށް އެމްޓީސީސީގެ ފެރީ ހެނދުނު 9:00 އާއި 10:30 ގައި އޮންނާނެކަމަށާއި ކުޑަގިރިން މާލެ އައުމަށް ފެރީ ފުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 އާއި 5:30 ގައިކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން މާލެއިން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެއަށް އެމްޓީސީސީގެ ފެރީ ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ހަފުތާ ބަންދުގައި ހެންވޭރު ފެރީ ޓާމިނަލުންކަމަށާއި މި ދެ ދުވަހު މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ފުރާނީ ހެނދުނު 6:30، 8:00 އަދި 9:30 ގައިކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. ކުޑަގިރިން މާލެ އައުމަށް ފެރީ ފުރުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ހަވީރުގެ 4:00، 5:30 އަދި 7:00 އެވެ.

އެމްޓީސީސީއިން ބުނީ މާލެއާއި ކުޑަގިރިއާ ދެމެދު އެ ކުންފުނީގެ ފެރީ ދަތުރުކުރާނީ ކޮޅަކަށް 70 ރުފިޔާއަށް ކަމަށާއި ދަތުރުގެ ދިގުމިނަކީ 35 މިނެޓުކަމަށެވެ.

އަދި ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެމްޓީސީސީގެ އެސްޓީއެލް އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓު ހަމަޖެއްސޭނެ ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ