Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

ބިލެއްފަހީގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމްކުރަނީ

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނާއި އެމްޓީސީސީއާ ދެމެދު ށ. ބިލެއްފަހީގައި ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރެއް ގާއިމްކުރުން ހިމެނޭހެން ތިން މަޝްރޫޢެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ށ. ބިލެއްފަހީގައި ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރެއް ގާއިމްކުރުމާއި، ހއ. މުރައިދޫ އަދި ކ. ދިއްފުށީގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑީސީޕީ އަހުމަދު ސައުދީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރަފީއު އެވެ.

މި މަޝްރޫޢުތައް ފުރިހަމަވުމުން ރަށްރަށުގެ މުޖުތަމައުގެ ސިއްހަތު ރަނގަޅުވެ، ޒުވާނުންގެ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މީގެ ސަބަބުން ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫޢުތައް ފެށުމުގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި ލިއުމާއި ގުޅޭ