ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އަދި ޓްރާންސްފަރ އުސޫލުން 100 މެގަވޮޓް އާއި 150 މެގަވޮޓް އާ ދެމެދުގެ ސޯލަރ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 09 ފެބުރުވަރީގައި ކުރި އިއުލާނުގެ ދަށުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީއޯއައިގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އީއޯއައި ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ގިނަ އަދަދެއްގެ ސުވާލުތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެ ސުވާލުތަކަށް ފުރިހަމަޔަށް ޖަވާބުދާރީ ވުމާއެކު، ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތުދިނުމަށެވެ.
މި މަސައްކަތުގެ މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަހައްދުގައި 100 މެގަވޯޓް އިން 150 މެގަވޯޓަށް ސޯލާ މަޝްރޫޢުއެއް ހިންގުމެވެ. މި މަޝްރޫޢު އަކީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭގޮތަށް ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި މި ވަސީލަތް ޑިޒައިންކުރުމާއި، ފައިނޭންސްކުރުމާއި، އިމާރާތްކުރުމާއި، ހިންގުމާއި އަދި ބެލެހެއްޓުން ހިމެނޭނެއެވެ.
މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗު 2025 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީމެއިލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވުން އިއުލާންގައި ވަނީ އެދިފައެވެ.