Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރަންޓު

އާ ޖެނެރޭޓަރެއް ގެނެސް ކެންދޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ!

ބ. ކެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ރަށަށް 400 ކިލޯވޯޓުގެ އާ ޖެނެރޭޓަރެއް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

މި ޖެނެރޭޓަރު މިއަދުގެ ވަގުތެއްގައި އެ ރަށަށް ފޮނުވައި، 48 ގަޑިއިރުގެ ތެރޭގައި ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ހާމަކުރި ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދިޔައީ ކަރަންޓު ދިނުމަށް ބޭނުންކުރާ 400 ކިލޯވޯޓުގެ ޖެނެރޭޓަރަށް އަޑީތެލާއި ފެން އެއްވުމުގެ މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. މި މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ހެޑް އޮފީހުގެ ޓެކްނިކަލް ޓީމެއް ރަށަށް ގޮސް ޖެނެރޭޓަރު އޯވަހޯލްކޮށްފައިވީ ނަމަވެސް، 15 ދުވަސް ފަހުން އިތުރު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ޖެނެރޭޓަރު ބޭނުންނުކުރެވި ނިއްވާލަން ޖެހުނެވެ.

ރަށުގައި ހުރި އަނެއް ދެ ޖެނެރޭޓަރުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވޭތީ، ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށް ފެނަކައިން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށްޓަކައި ރޭ ޓެކްނިކަލް ޓީމެއް ރަށަށް ފޮނުވައި، ދަންވަރު 1:15 ހާއިރު މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.

އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަންދެން ރަށުގެ ކަރަންޓު ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މިހާރު ރަށަށް ގެންދާ އާ ޖެނެރޭޓަރާއެކު ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން އުންމީދުކުރާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ