Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ މިއަދު 18:00 ގެ ކުރިން އިއުލާން ކުރެވޭނެ: އީސީ

ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ މިއަދު 18:00 ގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ތެރޭގައި ގުނަން ފަށާނެ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ ވޯޓް ފޮށިތައް ބަންދުކުރުމަށްފަހު، ވަގުތީ ނަތީޖާތައް މިއަދު 18:00 ގެ ކުރިން ވަގުތީ ނަތީޖާތައް އިއުލާން ކުރެވޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

ބައި އިލެކްޝަންގައި 12 ދާއިރާތަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު މީގެ ތެރޭގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ.

ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ.
ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.
މި ލިއުމާއި ގުޅޭ