Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި، ރައީސް ކުރެއްވި އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާ އާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭ ގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރެއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މި ލިއުމާއި ގުޅޭ