Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީން، ކުޅުދުއްފުށީގައި "ލާމަރުކަޒީ ގުޅުން" ކޮންފެރެންސް ބާއްވަނީ

އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި "ލާމަރުކަޒީ ގުޅުން" ނަމުގައި ކޮންފަރެންސްއެއް ބާއްވަން ނިންމައިފިއެވެ.

މި މަހު 12 ވަނަ ދުވަހު ބާއްވާ މި ކޮންފަރެންސްއަކީ ހއ. ހދ އަދި ށ އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި މި ތިން އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން އެއްވެ ލާމަރުކަޒީ ނިޒާމާއި ގުޅޭ މުހިއްމު ކަންކަން މަޝްވަރާކުރާނެކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިގެ މެންބަރުންނަށް އޮންލައިންކޮށް ބައްދަލުކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ލާމަރުކަޒީ ނިޒާމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައިވާކަމަށެވެ.

ނަމަވެސް އޮންލައިންކޮށްބައްދަލުކުރުމުގެ ބަދަލުގައި އެންމެން އެކުގައި މަޝްވަރާކުރުމަކީ މުހިއްމުކަމެއްކަމަށް ފެނުމުން "ލާމަރުކަޒީ ގުޅުން" ނަމުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންފަރެންސްތައް ބާއްވަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން ކައުންސިލްތަކާއި ޑަބްލިއުޑީސީތަކަށް ގާތް ގުޅުމެއް ބޭއްވިފައި ނެތްކަން ފާހަގަކުރެވިފައިވާކަމަށާއި މި ކޮންފަރެންސްތައް ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ގުޅުން ރަނގަޅުކުރުންކަމަށެވެ.

އަދި ބޮޑު ތިލަުންމަތިން ފަށާ މި ކޮންފަރެންސް އަންނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅޫތަކެއްގައި ބާއްވަން މަސައްކަތް ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ