ހދ. ކުޅުދުއްފުށީ ބަނދަރު ފަޅު ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓެމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެ އިދާރާއިން ދީފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރެއިން ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 36 އަހަރުގެ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން ނަމަކަށް ކިޔާ މީހެކެވެ.