Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

ދާއިރާ ރައްޔިތުންގެ އެދުމުގެ މަތިން 20 ވަނަ މަޖިލީހުގެ އެންމެ ޒުވާން މެންބަރު އަލްސަން ޕީއެންސީއަށް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އަލްސަން ރައްޔިތުންގެ މަޖިލިސް މެންބަރުކަމަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުން ތިނަދޫ ދެކުނު ދާއިރާއަށް ވާދަކޮށްގެންނެވެ.

އަލްސަން އެންމެ ފަހުން ދާއިރާއަށް ކުރި ދަތުރުގައި އެ ދާއިރާގެ ރައްޔިތުން ވަނީ އޭނާ ސަރުކާރަށް ގުޅި ވަޑައިގަތުމަށް އެދިފައެވެ.

އަލްސަންގެ އެ ދަތުރުގައި އެ ދާއިރާގެ ގިނަ ރައްޔިތުންގެ ކައިރިއަށް ޒިޔާރަތްކޮށް ބައްދަލުކުރައްވާފައިވެއެވެ.

އަލްސަން އަކީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އެންމެ ޒުވާން މެންބަރެވެ.

މި ލިއުމާއި ގުޅޭ