Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަޕްލެމަންޓަރީ ބަޖެޓު

5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާ ކުރި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަލީ ފަޒާދު ވިދާޅުވީ ކޮމިޓީގައި ބަޖެޓު ދިރާސާކުރިއިރު ދައުލަތުގެ ޚަރަދާއި، ޑެފިސިޓާއި، ދަރަނީގެ މައްޗަށް ބަލާފައިވާނެ ކަމަށާއި މަރުކަޒީ ބޭންކާއި އޮޑިޓް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެގެން ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 37.4 ބިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 76 ޕަސަންޓެވެ.

ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ. ދެކޮޅަށް 11 މެންބަރުން ވަނީ ވޯޓު ދެއްވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ، މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.


ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ރާވާފައިވަނީ ޕްރޮޖެކްޓް ލޯނުތަކުންނާއި، ރާއްޖޭގެ ފަރާތްތަކުން ލޯނު ހޯދައިގެންނާއި ޓްރެޜަރީ ބިލު ވިއްކައިގެންނެވެ. މިގޮތުން މި ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސްކުރަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުން 1 ބިލިއަން ރުފިޔާ، އަދި ރާއްޖޭގެ ފަރާތްތަކުން 3 ބިލިއަން ރުފިޔާ ހޯދައިގެންނެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކު، 2024 ވަނަ އަހަރުގެ ބަޖެޓުގެ ޖުމުލަ އަދަދު ވަނީ 55 ބިލިއަން ރުފިޔާއަށް އިތުރު ވެފައެވެ.

މި ލިއުމާއި ގުޅޭ