Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓި ކޮރަޕްޝަން ކޮމިޝަން

ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ، ފިޔަވަޅުއަޅާނަން: އޭސީސީ

ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަށް އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ފާހަގަކުރެވޭކަމަށާއި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއްޔެ ބުނެފިއެވެ.

އިއްޔެ އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގައި އިދާރާތަކުން މަސައްކަތްކުރާ ގޮތް ބެލުމަށް އެ ކޮމިޝަނުގައި ޚާއްޞަ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އިދާރާތަކުން ކުރާ މަސައްކަތް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އޭސީސީން އިތުރަށް ބުނީ އެ ކޮމިޝަނުން މިހާތަނަށް ބެލި ބެލުމުން ދައުލަތަށް ހޯދަންޖެހިފައިވާ ފައިސާ ހޯދުމަށް އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތަށް އަނބުރާ ފައިސާ ހޯދުމަށް އެންގުމުން އެކަށީގެންވާ ގޮތަކަށް އެ ފައިސާ ހޯދުމުގެ މަސައްކަތްނުކުރާ އިދާރާތަކާމެދު ކޮމިޝަނުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަޅާނީ ކޮން ފިޔަވަޅުތަކެއްކަން ކޮމިޝަނުން ބަޔާންނުކުރެއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 74 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 50 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފަންސާސް މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކޮމިޝަނުން އެންގި ނަމަވެސް މިހާތަނަށް އިދާރާތަކަށް އަނބުރާ ހޯދިފައިވަނީ އެންމެ 234،531 ރުފިޔާކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިއްޔެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކޮމިޝަނުގެ ތަހުގީގުތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް އަނބުރާ ފައިސާ ހޯދުމަށް، 2010 ވަނަ އަހަރުން ފެށިގެން އޭސީސީން އަންގާފައިވާ ހުރިހާ އެންގުންތަކެއްގެ މައްޗަށް އެކުލެވޭ ދަފުތަރެއް އެ ކޮމިޝަނުން އެކުލަވާލާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ